twitterviber whatsapp telegramfacebookyoutube instagram
24th April 2024

މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
May 3, 2023

މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިޞާބުގެ ދިވެހި ރުފިޔާގެ މިންވަރު އިސްލާމިކް މިނިސްޓްރީން އިއްޔެ ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ދިވެހި ރުފިޔާއިން ދައްކަން ޖެހޭ މިންވަރަކީ 7،312.55 ރުފިޔާއެވެ. އެއީ 249.9 ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ ޖެނުއަރީ މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ދިވެހި ރުފިޔާގެ މިންވަރަކީ، 7062.65 ރުފިޔާއެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެހެންވެ ރިހީގެ އަގަށް ބަދަލު އައުމުން ނިޞާބަށް ވެސް ބަދަލު އާދެއެވެ.

މުދަލު ޒަކާތަކީ ތިމާގެ މުދަލުގެ ނިސާބު ހަމަވެ ހިޖުރީ ސަނަަތުން އަހަރު ހަމަވާ އިރު ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ އޭގެ 40 ބައިކުޅަ އެއްބައި ނެރެން ޖެހޭ ޒަކާތެވެ.

"މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށް ވީ ހިނދު އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ ވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ އެއް އަހަރުވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ 40 ބައިކުޅަ އެއްބައި (2.5 ޕަސެންޓް) ނެރުމަށް ނަސޭހަތްތެރި ވަމެވެ." އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ރާއްޖޭގައި ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު ގިނަ ނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު ދަށެވެ. މިިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 91 މިލިއަން ރުފިޔާ އެވެ.

މީރާގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް މިހާރު މުދަލު ޒަކާތް ދެއްކޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355