twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގެ ހިއްސާއެއް

އަބްދުލް ވާހިދު ޙަސަން
May 21, 2023
4

ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭއްވި ހަރަކާތުގައި ކުޅުދުއްފުށީގެ ބައެއް ވެރިން ބައިވެރިވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދާ ސިޔާސީ ޕާޓީ އުފެއްދުމަށް މިއަދު މާލޭގައި ކުރިއަށްދާ ހަރަކާތުގައި ކުޅުދުއްފުށީގެ ފަރާތުން ބައިވެރިވެޑައިގަތީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފް އާއި ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދުގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރު ރިލްވާން މުހައްމަދާއި ކުޅުދުއްފުށި އެމްޑީޕީ ދެކުނު ދާއިރާގެ ރައީސް އަކްރަމް މުހައްމަދެވެ.

އާބާދީ ބޮޑުނަމަވެސް ސިޔާސީ ގޮތުން ކުޅުދުއްފުއްޓަކީ ބަލިކަށި ރަށެކެވެ. އެހެންވުމުން އެންމެ އެކަށީގެންވާ ތަރައްގީ ރަށަށް އޮތީ ނުލިބިފަ އެވެ. ފާއިތުވި މާޒީއަށް ބަލާލިނަމަވެސް ދާދި ފަހަކާއި ޖެހެންދެން ކުޅުދުއްފުށީގެ ދެ ދާއިރާގެ މަޖިލިސް ގޮޑީގައިވެސް ތިއްބެވީ ރަށުން ބޭރު ފަރާތްތަކުންނެވެ. އެކަމުން އެކަނިވެސް ކުޅުދުއްފުއްޓަކީ ސިޔާސީ ގޮތުން ކިހާ ފަހަތުގައި އޮތް ރަށެއްކަން އެނގެ އެވެ. ފަހަކަށް އައިސް ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ރަށުގެ ޒުވާނުންތަކެއް ތެދުވެ ކުރި ބުރަ މަސައްކަތުން މަޖިލީހުގެ ދެ ގޮޑި ރަށުގެ ދަރިންނަށް ލިބިގެންދިޔަ އެވެ.

އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅުނީ ރައްޔިތުން އެދުނު ތަރައްގީ ނުގެނެވުނީމަ

މިއަހަރުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް މެމްބަރު ޔާސިރާއި މޭޔަރު އާތިފްއާ ތާއިދުކުރެއްވި ރައީސް ނަޝީދަށެވެ. ސަބަބެއްގެ ގޮތުގައި އޭރު ވިދާޅުވެފައިވަނީ، ނަޝީދު ރައީސަކަށް ހުންނެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ތިން އަހަރާއި ރައީސް ސޯލިހު އިސްވެ ހުންނެވި އެމްޑީޕީގެ ދެވަނަ ސަރުކާރުގައި މި ހިނގައި ދިޔަ ހަތަރު އަހަރު ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކުޅުދުއްފުއްޓަށް އެންމެ ބޮޑު ތަރައްގީއަކާއި ހެޔޮބަދަލެއް ގެނެވިފައިވަނީ ރައީސް ނަޝީދު ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ކަމަށާ ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިއަދުވެސް ތިބީ އެފަދަ ހަލުވި ތަރައްގީއަކަށް ފެންބޮވައިގެންފަކަމަށެވެ.



ނަޝީދުގެ ފަހަތަށް އަރަން ޖެހުނު ސަބަބު ހާމަކުރައްވާ މެންބަރު ޔާސިރު މިއަހަރު ކުރީކޮޅުގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، އޭނާ މެންބަރަކަށް ހުންނެވި ހަތަރު އަހަރުގެ މުއްދަތުގައި ރައީސް ސޯލިހުގެ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވީ ނަމަވެސް އެމަނިކުފާނުގެ ފަރާތުން ކުޅުދުއްފުއްޓަށް ފެނުނީ "ގަޔަށް ދޫ" ސިޔާސަތުތަކެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355