twitterviber whatsapp telegramfacebookyoutube instagram
17th September 2026

ވަނގާރު ތުރާކުނު ރައްޔިތުންގެ އިހްތިސާސަށް

އަބްދުލް ވާހިދު ޙަސަން
Jul 19, 2023

ހއ ތުރާކުނުގެ އެއް ފަޅެއްގައި އޮންނަ ވަނގާރު ޓޫރިޒަމަށް ނުނަގައި ތުރާކުނު ޔައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސް ތެރޭގައި ހިމަނައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ހއ އަތޮޅަށް ރައީސް ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުގައި ތުރާކުނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެރަށު ކައުންސިލުން އެދުނު ގޮތަށް ވަނގާރު އެރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް ހަމަޖައްސައިދޭނެ ކަމަށެވެ.

ވަނގާރަކީ ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުން ލިސްޓުކޮށްފައި އޮތް ރަށެއް ނަމަވެސް ރައްޔިތުން އެދުނު ގޮތަށް ޓޫރިޒަމްގެ ލިސްޓުން އުނިކޮށް އެރަށް ތުރާކުނުގެ ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އޭރުން އެރަށުގެ ރައްޔިތުން ބޭނުންވާ ބިމުގެ ދަތިކަމަށް ހައްލު ލިބި އަދި ވަނގާރު ބޭނުންކުރެވޭ ގޮތަށްވުމުން ތުރާކުނަށް ދިމާވެފައި ބިމުގެ ދަތިކަމަށް އަދި އެގްރިކަލްޗާ މަސައްކަތަށް ވެސް އެ ވަނގާރު ބޭނުންކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293