twitterviber whatsapp telegramfacebookyoutube instagram
17th September 2024

މިލަންދޫ ޗަކަބިން ހިއްކައި ބިން އިތުރުކޮށްދޭނަން

ނަބީލާ އިސްމާޢީލް
Aug 1, 2023

ށ މިލަންދޫ ބިން އިތުރުކުރުމަށް ޗަކަބިން ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ށ އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިލަންދޫގެ ބިން އިތުރުކޮށް ޗަކަ ބިން ހިއްކައި ބޭނުންވާ ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި ދެއްވާނެ ކަމަށެވެ.

"ރަށަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި އިތުރު ހައުސިން ޔުނިޓްތައް މި ރަށުގައި އަޅައިދޭނަން، އަދި ކައުންސިލުންނާއި ރައްޔިތުން އެދޭ ގޮތަށް މިލަންދޫގެ ބިން އިތުރުކޮށް، ޗަކަބިން ހިއްކައި ބޭނުންވާ ސަރަހައްދުގައި ރިވެޓްމެންޓް ޖަހައިދޭނަން." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މިލަންދޫގެ ހުރިހާ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި ނިންމާނެ ކަމަށެވެ. ކުނި މެނޭޖް ކުރުމަށް ޒަމާނީ ވަސީލަތް ރަށުގައި ގާއިމުކޮށް ރަށަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް އިތުރު ހައުސިން ޔުނިޓްތައް ރަށުގައި އަޅައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ ޑިމާންޑުތަކެއް، ބޭނުންތަކެއް އެބަހުރި، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ސަރުކާރަކުން މިލަންދޫއެއް ބާކީއެއް ނުކުރާނަމޭ، މިލަންދޫގެ މަގުތައް މިހާރު މި ހެދެނީ މުޅި ހުރިހާ މަގެއް އޭގައި ހިމެނޭ ގޮތަކަށް ނޫން، އެހެން ނަމަވެސް ކުރިއަށް މިއޮތް ދައުރުގައި އިރާދަކުރެއްވިއްޔާ މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހުރިހާ މަގެއް ހަދާ ނިންމަދޭނަން، ކުނިމެނޭޖް ކުރާ ޒމާނީ ޒަމާނީ ވަސީލަތް މި ރަށުގައި ގާއިމްކޮށްދޭނަން." ރައީސް އިތުރަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ހޮވިވަޑައިގެންފިނަމަ، މިލަންދޫ ބާކީ ނުކުރައްވާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355