twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރަށްރަށުގެ މަޝްރޫއުތައް އަވަސްކުރުމަށް ކުޅުދުއްފުށީ ފެނަކައިގެ މުވައްޒަފުން ރަށްތަކަށް ފޮނުވަނީ

އަބްދުލް ވާހިދު ޙަސަން
Aug 2, 2023
5

ކުޅުދުއްފުށީގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތުގައި އުޅޭ ފެނަކަ މުވައްޒަފުން އެހެން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް އަވަހަށް ނިންމުމަށް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

ފެނަކަ އިން ކުޅުދުއްފުށީގައި އިންޖީނުގެ އެޅުމުގެ އަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އެވެ. އެހެންނަމަވެސް އަދިވެސް އެ މަސައްކަތް ނިންމާލެވިފައެއްނުވެ އެވެ.

މައުލޫމާތު އެނގޭ އޮފިސަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތުގައި އުޅޭ މުވައްޒަފުން އެމަސައްކަތް މެދުކަނޑާލާ، އެހެން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް އަވަހަށް ނިންމުމަށް ފޮނުވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެހެންވުމުގެ ސަބަބުން ކުޅުދުއްފުށީގެ އިންޖީނުގޭގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުތަކަށް އަވަހަށް ނިންމުމަށް މުވައްޒަފުން ގެންދަނީ ކުޅުދުއްފުށިން ކަމަށް އޮފިސަލް ވިދާޅުވި އެވެ.

"ވަކި ރަށެއް ނެތް. އެ ތަން [ކުޅުދުއްފުށީ އިންޖީނުގެ] ހުރި ގޮތަށް ބަހައްޓާފަ. އެކި ރަށްރަށަށް މުވައްޒަފުން ފޮނުވާ. ކުޑަގިރި ނިންމަންވެސް މިތަނުން މުވައްޒަފުން ގެންދިޔަ. އައްޑޫއަށްވެސް ފޮނުވި." އޮފިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިންނާ ގުޅިގެން ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކެއްގައި ފެނަކަ އިން ކުރިއަށްގެންދާ މަޝްރޫއުތައް ނިންމަން ކުޅުދުއްފުށިން މުވައްޒަފުން ގެންދިޔަ ކަމަށެވެ. އެގޮތުން ހއ ހޯރަފުއްޓާއި ށ ގޮއިދޫ އަދި ހދ ވައިކަރަދޫ ނަން އޮފިސަލް ފާހަގަކުރެއްވި އެވެ.

"މީގެ ދެ ތިން ދުވަސް ކުރިން ކުޅުދުއްފުށީ ސައިޓްގައި އުޅުނީ 6 ވަރަކަށް މުވައްޒަފުން. އެހެން ހުރިހާ އެންމެ ތިބީ އެކި ރަށްރަށަށް ފޮނުވާލާފަ. މިރަށު ސައިޓަކީ 40 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ސައިޓެއް." އޮފިސަލް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އިންޖީނުގޭގެ މަސައްކަތްކުރާތާ 3 އަހަރު މިއަހަރުގެ އޮކްޓޯބަރުމަހަށްވާއިރު އެތަނުގެ މަސައްކަތް އަދި ނިމޭނެ ދުވަހެއް ނޭނގެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355