twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަންނަ ދައުރުގައި އެންމެ އިސްކަމެއްދޭނެ އެއް ރަށަކީ ނޮޅިވަރަމް

އަބްދުލް ވާހިދު ޙަސަން
Sep 3, 2023

އަންނަ ދައުރުގައި އެންމެ އިސްކަމެއްދީގެން ތަރައްގީކުރާނެ އެއް ރަށަކީ ހދ ނޮޅިވަރަމުކަމުގެ ޔަގީންކަން އެރަށު ރައްޔިތުން ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް މިއަދު ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގެ ކުރިއަށްދާ މަޝްރޫއުތަކުގެ ސްޕީޑާ މެދު ރައްޔިތުންގެ ޝަކުވާތަކެއް ހުރި ކަމަށެވެ.

އެކަން ގަބޫލުކުރައްވާ ކަމަށާއި އަންނަ ދައުރުގައި އެންމެ އިސްކަމެއްދީގެން ތަރައްގީކުރާނެ އެއް ރަށަކީ ނޮޅިވަރަމުގައި ރައީސް ވިދާޅުވި އެވެ. އަންނަ ދައުރުގައި ނޮޅިވަރަމަށް ކުރަން ހުރި ކަންތައްތަކަށް އިސްކަންދީ، ބޮޑު ބަދަލެއް ރަށަށް ގެންގެސްދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވަނީ އެރަށަށް ކޮށްދޭން ނިންމާފައިވާ ކަންކަމުގެ ލިސްޓް ވިދާޅުވެދެއްވާފަ އެވެ. ރައީސް އެންމެ ފުރަތަމަ ވިދާޅުވީ، އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ހަދާނެ ކަމަށެވެ. އަދި ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުލާސް ރޫމް އިތުރުކުރުމާއި އޮފީސް އިމާރާތާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޒުވާނުން ބޭނުންވާ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކޮށްދޭނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީކޮށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ދޭނެ ކަމަށެވެ.

2600 އެއްހާ ރައްޔިތުން ދިރިއުޅޭ ނޮޅިވަރަމުގައި ފުލުހުންގެ އާ އިމާރާތެއް ގާއިމުކޮށް އެތަނުގެ ހިދުމަތް ފުޅާކޮށް ބަނދަރުގެ މައްސަލަ ހައްލުކޮށް ޒަމާނީ ބަނދަރެއް ތަރައްގީކޮށްދޭނެކަމަށް ރައީސް ވައުދުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355