twitterviber whatsapp telegramfacebookyoutube instagram
13th May 2026

އަނދިރި ސަރަހައްދުތަކާއި މަގުތަކުގައި ބައްތި ޖަހަން ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 26, 2023
3

ކުޅުދުއްފުށީގެ އަނދިރި ބައެއް ސަރަހައްދުތަކާއި މަގުތަކުގައި ބައްތި ހަރުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. ސިޓީ ކައުންސިލުން ބުނީ، އެ މަޝްރޫއު ހަވާލުކުރީ އަންބަލަން ކޮންސްޓްރަކްޝަންއާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ އަނދިރި ބައެއް ސަރަހައްދުތަކާއި އަލަށް ހެދި ބައެއް މަގުތަކުގައި، ޖުމްލަ 195 މަގު ބައްތި ޖަހާނެ އެވެ. މިއީ ކައުންސިލުންގެ މާލިއްޔާއިން 2.85 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މަގު ބައްތި ޖަހާ ބައެއް ސަރަހައްދުތައް:

- އުތުރު ބަނދަރު ސަރަހައްދު
- ބަންޑާރަހިޔާ ސަރަހައްދު
- އިއްޒުއްދީން މަގު
- މަގާންމަގު
- އެއާޕޯޓް ސަރަހައްދު

ސިޓީ ކައުންސިލުން ބުނީ، މި ސަރަހައްދުތަކުގެ އިތުރުން އެހެން ބައެއް މަގުތަކާއި ސަރަހައްދުތަކުގައިވެސް މި މަޝްރޫއުގެ ތެރެއިން ބައްތި ޖަހާނެ ކަމަށެވެ.

ދެ ވައްތަރެއްގެ މަގު ބައްތި ޖަހާއިރު މި މަޝްރޫއު 115 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355