twitterviber whatsapp telegramfacebookyoutube instagram
9th August 2026

އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް އަހުސަން

Nov 29, 2023

އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް އަލީ އަހުސަން ހަމަޖައްސަވައިފި އެވެ. ހދ ވައިކަރަދޫއަށް އުފަން އަހުސަންއަކީ އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ބޭފުޅެކެވެ

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ތަކެއް އެކުވެގެން އުފައްދައިފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ މިހާރުގެ ރައީސެވެ. އައިއޯސީސީއަކީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ އުފެއްދެވި ދީނީ ޖަމިއްޔާއެކެވެ.

މީގެ އިތުރުން އޭނާ ވަނީ ޖަމިއްޔަތުއް ރަހުމާގެ ޖެނެރަލް ސެކްރެޓަރީ ކަމާއި އިލްމު އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރކަން ވެސް ކުރައްވައިފަ އެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މާކެޓިން އަދި އެ ކޯޕަރޭޝަންގެ މީޑިއާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

މި ޖަމުއިއްޔާގެ ކަންކަމުގައި އިސްކޮށް އުޅިއްވުމުގެ އިތުރުން އަހުސަން އަކީ ނޫސްވެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރައްވައިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355