twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްފި

Jan 2, 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ އަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ ދަށުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާހުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ހަފްލާއެއްގައެވެ. މި ހަފްލާގައި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންވި އެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ހަފްލާގައި ދައްކާލައިފައިވާއިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

މި ހަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ވަޒީރު ޑރ. ޝަހީމް ވަނީ، ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ވަޒީރު ޑރ ޝަހީމް ވަނީ ޒަކާތު ހައުސްއެއް ރާއްޖޭގައި ގާއިމްކުރައްވަން ރައީސް ޑރ މުއިއްޒު މަސައްކަތް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އަގު ވަޒަންކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355