twitterviber whatsapp telegramfacebookyoutube instagram
17th April 2026

ކުޅުދުއްފުށީ ސްކޫލުތަކުގައި ހަދަން ފަށާފައިވާ އިމާރާތްތައް އަވަހަށް ނިންމުމަށް މަޝްވަރާކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jan 28, 2024

ކުޅުދުއްފުށީ ސްކޫލުތަކުގައި ހަދަން ފަށާފައިވާ އިމާރާތްތައް އަވަސްކުރުމަށް ކޮންޓްރެކްޓަރުންނާއެކު މަޝްވަރާކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން ކުޅުދުއްފުށީގެ ސްކޫލުތަކުގައި ހަދަން ފަށާފައިވާ އިމާރާތްތަކުގެ މަސައްކަތް ދަނީ ވަރަށް ލަހުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުޅުދުއްފުށީގައި ފަށައިގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި އަފީފުއްދީން ސްކޫލުގެ ކްލާސް ރޫމްގެ މަސައްކަތަކާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އިމާރާތާއި ޖަލާލުއްދީން ސްކޫލްގެ ކުލާސް ރޫމްގެ މަސައްކަތް ހިމެނެ އެވެ. މި ތިން މަޝްރޫއުގެ މަސައްކަތް އެކަށީގެންވާ ގާތަށްވެސް މަސައްކަތްކުރަމުންނުދެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިސަރު ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީގެ ސްކޫލުތަކުގައި އަޅަން ފަށާފައިވާ އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށް ކޮންޓްރެކްޓަރާއެކީ މަޝްވަރާކުރަމުންދާ ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކުގައި 3000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު ޖާގައިގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355