ކުޅުދުއްފުށީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމްއެއް ކުރިއަށްގެންގޮސްފި އެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމަކީ އިސްލާމިކް މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ.
ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގުރާމުގައި 24 މީހަކު ބައިވެރިވި ކަމަށެވެ. މި ޕްރޮގުރާމު ކުރިއަށްގެންދިޔައީ މިމަހު 1-6 އަށެވެ.