twitterviber whatsapp telegramfacebookyoutube instagram
30th March 2026

ފުރަތަމަވެސް ނުކުންނާނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން، މިއޮތީ ސިޔާސަތު: ނަޞްރުﷲ

އަބްދުލް ވާހިދު ޙަސަން
Mar 30, 2026
1

އެންމެ ފުރަތަމަވެސް ނުކުންނާނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަމަށް ވިދާޅުވެ، އެކަން ކުރަން ގެންގުޅޭ ސިޔާސަތުތައް، އެމްޑީޕީގެ ޓިކެޓްގައި ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ނަޞްރުﷲ އިސްމާއިލް ވިދާޅުވެދެއްވައިފި އެވެ.

އެމްޑީޕީގެ ކައުންސިލެއްގައި ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތު ނަޞްރުﷲ ހާމަކުރެއްވީ، މިމަހުގެ 26 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ކުޅުދުއްފުށީގައި ބޭއްވި ސިޔާސަތު-2 ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވަމުން، ނަޞްރުﷲ ވިދާޅުވީ، އެ ބޭފުޅުންގެ ކައުންސިލެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގެންގުޅޭނެ މައިގަނޑު ދެ ސިޔާސަތެއް އެބައޮތް ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ ސިޔާސަތަކީ، ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުން ކަމަށާއި އަދި ކައުންސިލަށް ލިބޭ ގްރާންޓާއި އެ ނޫންވެސް ފަރާތްތަކާ ގުޅިގެން ލޯނު ހޯދައިގެން ހައުސިންގ މަޝްރޫއު ހިންގުން ކަމަށެވެ.

"އެ މަޝްރޫއުތަކުން ލޯނުތައް ކަވަރ ވާނެ ގޮތަށް އަގުތައް ބައްޓަން ކޮށްގެން ދެމެހެއްޓެނިވި ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ތައާރަފްކުރުން.' ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރެއްވި ނަޞްރުﷲ ވިދާޅުވި އެވެ.

ނަޞްރުﷲ ވިދާޅުވިގޮތުގައި ބޯހިޔަވާހިކަން ހައްލުކުރާނެ ދެވަނަ ގޮތަކީ ރިއަލް-އެސްޓޭޓް ވިޔަފާރި ތައާރަފްކޮށްގެން ކަމަށެވެ.

"ދެވަނަ ގޮތަކީ އަޅުގަނޑުމެން ތައާރަފުކުރާނީ ރިއަލް-އެސްޓޭޓް ވިޔަފާރި. ގޯތިގެދޮރު ބިނާކޮށްގެން ކުޅުދުއްފުށީގެ ބިމުން ނަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ރަށުގެ ބިން ހުޅުވާލާނަން". ނަޞްރުﷲ ވިދާޅުވި އެވެ.

ރިއަލް-އެސްޓޭޓް ވިޔަފާރިއާއެކު ގޯތިގެދޮރުގެ ބޮޑު މާކެޓެއް ރަށުގައި އުފެދިގެންދާނެ ކަމަށާއި މި މަޝްރޫއު ފުރިހަމަ ގޮތުގައި ހިންގިއްޖެނަމަ ސިޓީ ކައުންސިލަށް ފުރަތަމަ އަހަރުވެސް 100 މިލިއަނެއްހާ ރުފިޔާ ވަންނާނެކަމަށް ނަޞްރުﷲ އަންދާޒާކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މިއިން ކޮންމެ މަޝްރޫއެއްގެވެސް އަމާޒު ހިފާފައިމިވަނީ ބިންވެރިކުރުމާއި ގެދޮރުވެރިކުރުވުގެ ތެރެއިން ރައްޔިތުންގެ ޖީބަށް މަންފާވުމާއި ބޯހިޔާވަހިކަމާ މި ދެ ކަންތައް އެއްފަހަރާ ހާސިލުކުރުމުގެ އަމާޒުގައި ކަމަށެވެ.

"މިވާހަކަތައް އަޑުއަހަން މާލޭގައި އިންނަ މަރުކަޒީ ރަސްކަލަކަށް އުނދަގޫވާނެ. މިކަން އަޅުގަނޑުމެން ގެންނާނީ [ސަރުކާރުން] ގަބޫލަސް ނުގަބޫލަސް މި ކުޅުދުއްފުށީގެ ރައްޔިތުންގެ ރުހުމާއި ލޮއެއްބާއި އެއްބާރުލުމާއެކު" ނަޞްރުﷲ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355