އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަކުރާ، އާއިޝަތު ނަޖުދާ އަލީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ކުޅުދުއްފުށި، ޑިސްކު، އާއިޝަތު ނަޖުދާ ޢަލީ (21 އަހަރު) ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހެޅި މި މައްސަލާގައި ނަޖުދާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 7:15 ގައި ފެށޭ ގޮތަށް 17 މެއި އާ ހަމައަށް އޭނާ ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ނެރުން ބަންދު އަމުރުގައި ވަނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ވާ ކަމަށާއި، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ބެލެވޭތީ ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް ނިންމައިފައެވެ.
ނަޖުދާ އަކީ ކުރިއަށް އޮތް އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ކަން މިދިޔަ މަހުގެ 29 ވަނަ ދުވަހު އެކްސްގައި އިއުލާން ކުރި ކެންޑިޑޭޓެކެވެ.
ނަޖުދާގެ މައްޗަށް ކުރިން ޕީޖީ އޮފީހުން ވަނީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފައެވެ.




